twitterviber whatsapp telegramfacebookyoutube instagram
9th November 2025

އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ގާއިމުކުރަނީ

Feb 11, 2022

ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި އަލަށް ގާއިމުކުރާ މި ހައިކޮމިޝަނާ އެކު ދެ ގައުމުގެ ޑިމޮކްރަޓިކް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެގައުމުން ބުންޏެވެ.

އޮސްޓްރޭލިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ގާއިމުކުރަން ނިންމި ނިންމުމަކީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ނިންމި ނިންމުމެއް ކަމަށެވެ.

އޮސްޓްރޭލިއާ އިން ބުނީ ހައި ކޮމިޝަން މެދުވެރިކޮށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދީ އިންޑިއާ ކަނޑުގެ އިރު އުތުރުގައި އިންވެސްޓްތައް ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ނިންމުމަށް މަރުހަބާ ދަންނަވާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރާއްޖޭގައި އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ގާއިމުކުރުމަކީ ދެގައުމުގެ މެދުގައި އޮންނަ ހާރިޖީ ގުޅުން ވަރުގަދަކުރުމަށް އެޅި މުހިއްމު ހަރުފަތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355