twitterviber whatsapp telegramfacebookyoutube instagram
20th August 2026

އިންޑިޔާއަށް ގޮސް ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރަނީ

Feb 12, 2022
1

ރާއްޖެއިން އިންޑިއާ އަށް ދަތުރުކުރާ މީހުން މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ޕީސީއާރް ނެގެޓިވް ޓެސްޓަކާ އެކު އިންޑިއާ އަށް ދަތުރުކުރާ ދިވެހިން ކަރަންޓް ވާން ނުޖެހޭނެ ކަމަށެވެ.

އޮމިކްރޯން އިންޑިއާ އިން ފެނި، ކޭސްތައް އިތުރުވުމާ ގުޅިގެން އިންޑިއާ އަށް ދަތުރުކުރާ މީހުން އެ ގައުމުގައި ހަތް ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން އުސޫލެއް ކަނޑައަޅައި އަމަލުކުރަން ފެށީ މިދިޔަ ޖެނުއަރި މަހުގެ 11 ވަނަ ދުވަހުން ފެށިގެންނެވެ.

އިންޑިއާގައި ކަރަންޓީން ވާން ޖެހޭ ރައްޔިތުން ނިސްބަތްވާ ގައުމުތަކުގެ ލިސްޓެއް އެ ގައުމުން އާންމުކުރި އިރު އޭރު އެ ލިސްޓްގައި ރާއްޖެ ވެސް ހިމެނި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355