twitterviber whatsapp telegramfacebookyoutube instagram
17th April 2026

ރާއްޖެއަށް ބައިނަލްއަގްވާމީ 35 އެއާލައިންއަކުން ދަތުރުކުރޭ

ޚަދީޖާ އާދަމް
Feb 13, 2022
1

ރާއްޖެއަށް ބައިނަލްއަގްވާމީ 35 އެއަރލައިނަކުން މިހާރު ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރު ފެށުނުއިރު ރާއްޖެއަށް ދަތުރުކުރަމުން ދިޔައީ 33 އެއަރލައިންއަކުންނެވެ. އެއީ ޝެޑިއުލް 23 އެއަރލައިންއަކާއި، ޗާޓަރ 10 އެއަރލައިންއެކެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށްވެސް ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު މިވަނީ އިތުރުވެފައެވެ.

މިހާރު ބައިނަލްއަގްވާމީ 35 އެއަރލައިންއަކުން ދަތުރުކުރަމުންދާއިރު މީގެތެރޭގައި ޔޫރަޕް، މެދުއިރުމަތި އަދި އޭޝިއާ ސަރަހައްދުގެ ގިނަ އެއަރލައިންތަކަކުން އަންނަނީ ދަތުރުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 9ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 171،982 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 119،501 ފަތުރުވެރިންނެވެ.

އަހަރުގެ ކުރިއަށްއޮތް ދުވަސްތަކުގައި ޝެޑިއުލް އަދި ޗާޓަރ ދަތުރުތައް ކުރާ އެއަރލައިންތަކުގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355