twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުޅުދުއްފުއްޓާއެކު އިތުރު 14 ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

ޚަދީޖާ އާދަމް
Feb 13, 2022

ސިއްހީ ކުއްލި ހާލަތުގައި ދެވޭ ފަރުވާގެ ހިދުމަތް މުޅި ރާއްޖޭގައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 15 ރަށަކަށް އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ކުއްލި ހާލަތްތަކުގެ ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތަކީ އެމްބިއުލާންސްގެ ހިދުމަތްކަމަށްވާއިރު ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުގައި ހުރި ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވި ހަލާކުވެފައިވާކަމުގެ ޝަކުވާ ގިނަ ރަށްރަށުން ވަނީ ހެލްތު މިނިސްޓްރީއާ ހިއްސާކުރައްވާފައެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކާ މިދިޔަ އަހަރުގެ ޖޫންމަހު ވަނީ އަތޮޅުތެރެއަށް ބޭނުންވާ އެމްބިއުލާންސް ގެނައުމުގެ މަޝްރޫއުއެއް ފަށާފައެވެ. އެގޮތުން 96 އެމްބިއުލާންސް ރާއްޖެ ގެނައުމަށް އެސްޓީއޯއާ ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ ތެރެއިން މިހާތަނަށް ވަނީ 75 އެމްބިއުލާންސް ރާއްޖެއަށް ގެނެސްފައިވާއިރު ހެލްތް މިނިސްޓްރީން ވިދާޅުވީ މީގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ 15 އެމްބިއުލާންސް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

އަލަށް ފޮނުވާ އެމްބިއުލާންސްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ.ތުރާކުނު، ހއ.ވަށަފަރު، ހއ.ބާރަށް، ހދ.ކުޅުދުއްފުށި، ޅ.ކުރެންދޫ، ކ.ކާށިދޫ، އއ.ފެރިދޫ، މ.މުލަށް، ދ.މީދޫ، ދ.މާއެނބޫދޫ، ލ.މާބައިދޫ، ލ.ގަން، ގއ.މާމެންދޫ، ގދ.ވާދޫގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލަށްކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355