twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ޕަތާންގެ ޝޫޓިން މިމަހު އަލުން ފަށަނީ

ޚަދީޖާ އާދަމް
Feb 15, 2022

ޝާހުރުކް ޙާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު ޕަތާންގެ ޝޫޓިން މިމަހު ފަހުކޮޅު އަލުން ފެށުމަށް ތާވަލްކޮށްފި އެވެ.

ޖޯން އަބްރަހަމް އަދި ދިޕިކާ ޕަޑުކޯން ވެސް ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފުރަތަމަ މެދު ކެނޑުނީ ޝާހުރުކްގެ ފިރިހެން ދަރިފުޅު ޑްރަގް މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އިންޑިޔާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވުމުން ޝޫޓިންތައް މެދުކަނޑާލިއެވެ.

މާޗު މަހު އަލުން ޝޫޓިންތައް ފަށަން ނިންމާފައިވާއިރު ފުރަތަމަ ކުރިއަށް ދާނީ އެކްޝަން ސީންތައް ކަމަށް ހަބަރުތަކުން ރިޕޯޓްކުރެއެވެ. އަދި އެއަށްފަހު މުހިއްމު މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ސްޕެއިންގަ އެވެ.

މިއީ ޝާހުރުކާއެކު ދިޕިކާ މަސައްކަތް ކުރާ 4 ވަނަ ފިލްމެވެ. އޭނާ ބޮލީވުޑަށް ތައާރަފްވި ފިލްމު އޯމް ޝާންތީ އޯމް ގައި ވެސް ފެނުނީ ޝާހުރުކާއެކުއެވެ. އެއަށްފަހު ޗެންނާއި އެކްސްޕްރެސް އަދި ހެޕީ ނިއު އިޔާއިން ދެ ތަރިން ވަނީ އެކުގައި ފެނިގެން ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355