twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދިވެހިން ޔުކްރޭނަށް ދަތުރު ނުކުރުމަށް އަންގައިފި

ޚަދީޖާ އާދަމް
Feb 15, 2022

މިވަގުތު ދިވެހިން ޔުކްރޭނަށް ދަތުރު ނުކުރުމަށް ފޮރިން މިނިސްޓްރީއިން އަންގައިފި އެވެ. މިގޮތަށް އެންގީ ރަޝިއާ އިން ޔުކްރޭނަށް ހަމަލާތަކެއް ދީފާނެ ކަމަށް ބެލެވޭތީ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޔުކްރެއިންގެ މަޝްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން އެ ގައުމަށް ދަތުރު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ޔުކްރޭންގައި 50 އަށް ވުރެ ގިނަ ދިވެހި ދިރިއުޅެމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެތެރޭގައި ގިނައީ ކިޔަވާ ކުދިންނެވެ. އެކުދިންގެ ހާލު މިނިސްޓަރު އަބްދުﷲ ޝާހިދު ވަރަށް ގާތުން ބައްލަވަމުން އަންނަ ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ޔުކްރެއިންގައި މިވަގުތު ދިރިއުޅެމުންދާ ދިވެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ވެސް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އަދި ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން އެ މިނިސްޓްރީ އާއި އެ ގައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355