twitterviber whatsapp telegramfacebookyoutube instagram
31st May 2026

ކުޅުދުއްފުށީގެ އަދަދުތައް ދަށަށް، އިއްޔެ ޕޮޒިޓިވްވީ 18 މީހުން

ޚަދީޖާ އާދަމް
Feb 16, 2022
1

ކުޅުދުއްފުށިން ޕޮޒިޓިވްވާ އަދަދު ދަށަށް ގޮސްފި އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 472 އަށް ދަށްވެފައެވެ.

އެގޮތުން މިމަހު 15 ވަނަ ދުވަހު ޕޮޒިޓިވްވެފައިވަނީ 18 މީހުންނެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 5 މީހަކާއި، އޯޕީޑީއަށް ދެއްކި 12 މީހެއްގެ އިތުރުން ރޭންޑަމް ސާމްޕަލެކެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ޕުލޫ އޯޕީޑީއަށް ދެއްކި 279 މީހުންނާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 181 މީހުންގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 10 މީހުން އަދި ޑިޕާޗާރ 2 ސާމްޕަލެވެ.

މިމަހު ފެށުނު އިތުރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 700 އާއި ގާތުގައެވެ. އިއްޔެ ވަނީ 101 މީހުން ބަލިން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355