twitterviber whatsapp telegramfacebookyoutube instagram
29th March 2026

މަކުނުދޫއާއެކު އިތުރު 5 ރަށެއްގެ އެއާޕޯޓަށް ބިޑް ކުރެެވޭ އަގު ކުޑަކޮށްފި

ޚަދީޖާ އާދަމް
Feb 16, 2022
1

ބިޑް ކުރެވޭނެ އެންމެ ކުޑަ އަގު ކަމަށް ކުރިން ކަނޑައެޅި އަގު ކުޑަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ހަ ޑޮމެސްޓިކް އެއާޕޯޓެއް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ ބިޑްކުރިއަގު ވަނީ 3 މިލިއަނަށް ކުޑަކޮށްފިއެވެ.

މިއަދު ކުރި އިއުލާނުގައި މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދިނުމާ އެކު އެ މަޝްރޫއުގެ ބައެއް ފައިނޭންސް ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ދީފައިވާކަމަށް ވަނީ ބުނެފައެވެ.

ޕްލޭނިން މިނިސްޓްރީން މިދިޔަ ޑިސެމްބަރު މަހުގެ ތެެރޭގައި ނެރުނު އިއުލާނެއްގައި އެ އެއާޕޯޓަކަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގެއް ކަމަށް ބުނެފައި އޮތީ ފަސް މިލިއަން ޑޮލަރެވެ. އަދި މުޅި އެއާޕޯޓު ފައިނޭންސް ކުރަން ހުށަހެޅިދާނެކަމަށްވެސް ކުރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ހަރަދުތައް ވެސް މިނިސްޓްރީގެ އިއުލާނުގައި ވަނީ ހިމަނައިފައެވެ. އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލަތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް ވަނީ 23.6 މިލިއަން ޑޮލަރުގެ ހަރަދެއް ކަނޑައަޅައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355