twitterviber whatsapp telegramfacebookyoutube instagram
22nd September 2026

މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފި

Feb 16, 2022

އިންޑިއާގެ މުމްބާއީން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އުމުރުން ދުވަސްވީ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން އެންސީބީއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ ބ. އޭދަފުށީ، އާމިނަތު ރަޝީދާ ނަމަކަށް ކިޔާ އުމުރުން 58 އަހަރުގެ މީހެކެވެ.

އެ މީހާ އިންޑިއާއިން ފުރައިގެން ދިޔުން ހުއްޓުވުމަށް ޓަކައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިމިގްރޭޝަން އޮފިޝަލުންނަށް "ލުކްއައުޓް ނޯޓިސް"އެއް ފޮނުވައިފައިވާ ކަމަށް ވެސް އެ ނޫހުގައިވެއެވެ.

އެ އަންހެން މީހާ ހައްޔަރުކުރުމަށް ފަހު މިއަދު އަންގަމަލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ތުހުމަތުކުރާ މިހާއަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 ވަނަ ދުވަހު އިންޑިއާ އިން ރާއްޖެއަށް ފޮނުވަން އުޅުނު 3.9 ކިލޯގެ އޮޕިއަމްގެ މައްސަަލައިގަ އެވެ. މި މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސްކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293