twitterviber whatsapp telegramfacebookyoutube instagram
18th August 2025

ކުޅުދުއްފުށިން އިތުރު 36 މީހުން ޕޮޒިޓިވްވެއްޖެ

Feb 17, 2022

ކުޅުދުއްފުށި ސިޓީން އިތުރު 36 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 442 އަށް އަރާފަ އެވެ. އެ ސިޓީން މިހާރު ޕޮޒިޓިވްވާ އަދަދުތަށް އަންނަނީ މަދުވަމުންނެވެ.

އެގޮތުން އިއްޔެ ޕޮޒިޓިވްވެފައިވަނީ 36 މީހުންނެވެ. އެއީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 7 މީހަކާއި، އޯޕީޑީއަށް ދެއްކި 27 މީހެއްގެ އިތުރުން ރޭންޑަމް 2 ސާމްޕަލެކެވެ.

މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ ޕުލޫ އޯޕީޑީއަށް ދެއްކި 283 މީހުންނާއި، ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަވި 147 މީހުންގެ އިތުރުން ރޭންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 10 މީހުން އަދި ޑިޕާޗާރ 2 ސާމްޕަލެވެ.

މިމަހު ފެށުނު އިތުރު އެކްޓިވް ކޭސްތަކުގެ އަދަދު 700 އާއި ގާތުގައި އުޅުނު ނަމަވެސް މަޑުމަޑުން ކޭސްތައް ވަނީ ދަށަށް ގޮސްފަ އެވެ. އިއްޔެ ވަނީ 66 މީހުން ބަލިން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355