twitterviber whatsapp telegramfacebookyoutube instagram
15th April 2026

މޫލީން 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ލިބޭ ޕްރޮމޯޝަނެއް

Feb 19, 2022

އީކޮމާސް ޕްލެޓްފޯރމް މޫލީ އިން އީޓޫއެސްގެ ޕްރޮޑަކްޓެއް ގަނެގެން ބައިވެރިވެވޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން މިމަހު ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

އެގޮތުން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ދެމީހަކަށް 50 ޑޮލަރުގެ އެޕަލް ގިފްޓް ކާޑެއް ނުވަތަ 3،850 ޕަބްޖީ ޔޫސީއެއް ލިބިގެންދާނެއެވެ.

ދެ އިނާމަށްވެސް ގުރުއަތު ހޮވަން ހަމަޖެހިފައިވަނީ ވަކިންނެވެ. އީޓޫއެސްގައި ހިމެނޭ ޑިޖިޓަލް ކާޑްތައް ނެޓްފްލިކްސް، މައިކްރޯސިފްޓް، އެޕަލް ޕްލެޓްފޯމްތަކުގަ އަދި ޕްލޭސްޓޭޝަންތަކުގައި ވެސް ބޭނުން ކުރެވޭނެއެވެ.

އަދި ރޮބޯލެކްސް މެދުވެރިކޮށް ޕަބްޖީ ކުޅޭ ފަރާތްތަކަށް ގޭމިން ކަރަންސީވެސް އީޓޫއެސް މެދުވެރިކޮށް ލިބިގެންދެއެވެ.

މޫލީގެ ހިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް އުރީދޫއިން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ބައްލައިގަންނަވާ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ފޯރުކޮށްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355