twitterviber whatsapp telegramfacebookyoutube instagram
20th March 2026

މިނިސްޓަރ މާރިޔާ ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް

Feb 19, 2022

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އަބޫދާބީގައި މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރު މާރިޔާ ފުރާވަޑައިގެންފައިވާ ކަމަށެވެ.

"ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެކެވެ.

އެ ކަމަނާގެ މި ދަތުރުފުޅަކީ ޔޫއޭއީގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް ޝެއިހް މުހައްމަދު އަހްމަދު އަލްބަވަރުދީ ގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355