twitterviber whatsapp telegramfacebookyoutube instagram
1st May 2024

އުރީދޫގެ ސުޕަނެޓްގެ ހިދުމަތް މިލަންދޫއަށް

Feb 21, 2022

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ.މިލަަންދުއަަށް މިއަދު ތައާރަފްކޮށްފިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %100 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށާއި މީގެ އިތުރުން ސުޕަރނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

"އަޅުގަނޑުމެންގެ ދުނިޔަވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ތައުލީމާއި، ބޭސްފަރުވާގެ ހިދުމަތްތަކަށާއި، ވިޔަފާރިތަކަށް އިންޓަނެޓްގެ މުހިންމުކަަން މިވނީ އިތުރުވެފައެވެ. އެހެންކަމުން އިންޓަަނެޓްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަަކަށް ފުޅާކުރުމަކީ މުހިންމުކަމެކެވެ. މިއަދު އަޅުގަނޑުމެން މިވަަަނީ ސުޕަރނެޓްގެ ޚިދުމަތް ށ.މިލަންދޫއަށް ތައާރަފްކޮށް، މިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީފަައެވެ. އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން އަޅުގަނޑުމެންގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތުކުރެވިފަަައެވެ. ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަަށް މަންފާވާނެ ފަދަ ޙިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަމެވެ." އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

އެގޮތުން މިހާރު މިލަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355