ގާނޫނު އަސާސީއަށް ގެނައުމަށް އެމްޑީޕީން ބޭނުންވާ އިސްލާހުތަކާއި ގުޅޭގޮތުން އެހެން ޕާޓީތަކާ މަޝްވަރާކުރުމަކީ ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ހުށަހަޅާފައިވާ އިސްލާހްގެ ބަހުސް މިއަދު ނިމެން ކައިރިވެފައި ވަނިކޮށެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން އެދޭ ގޮތަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހާއި ގުޅޭ ގޮތުން އެމްޑީޕީގެ ގިނަ މެންބަރުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ޖެހޭނީ ކުއްލިއަކަށް ނޫން ކަމަށެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލާފައިވާ ކަމަށެވެ. ނަމަވެސް އެ އިސްލާހުތައް ހަމައެކަނި އެމްޑީޕީން އެދޭ ގޮތަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ ގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެ ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ކޮންގްރެސްގައި މަޝްވަރާ ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެމްޑީޕީގެ ކޮންގްރެސް އޮންނާނީ މިއަހަރުގެ ފަހުކޮޅުއެވެ.