twitterviber whatsapp telegramfacebookyoutube instagram
14th June 2026

ދިއްދޫ ބަނދަރު ޖެޓީގެ މަސައްކަތް ފަށައިފި

ޚަދީޖާ އާދަމް
Feb 22, 2022

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ޖެޓީ ހެދުމުގެ މަސައްކަތް ވަނީ ފަށައިފި އެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން ބުނީ އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތުގެވެސް 62 ޕަސަންޓް ވަނީ ނިމިފައިވާ ކަމަށާއި މީގެ އިތުރުން މަޝްރޫއުގެ ދަށުން ބަނދަރުގެ 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފުންކުރާނެ ކަމަށެވެ.

އަދި 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 58 މީޓަރުގެ ގްރޮއިންސް ޖެހުމާއި 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 4،320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި 02 ކޮންކްރީޓް ޕްލެޓްފޯމް ހެދުމާއި ބަނދަރު ބައްތި ހަރުކުރުންގެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިމަޝްރޫއަކީ 69.8 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355