twitterviber whatsapp telegramfacebookyoutube instagram
16th June 2025

ކޭއާރުއެޗުން އެލާޖީއަށް ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފަށައިފި

ޚަދީޖާ އާދަމް
Feb 24, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެލާޖީއަށް ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފަށައިފި އެވެ. އެ ހޮސްޕިޓަލުން މި ހިދުމަތް ދޭން ފެށީ މި މަހު 22 ވަނަ ދުވަހުއެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެހެން ޓެސްޓްތައް ހެދޭ އުސޫލުން އެލާޖީ ޓެސްޓްވެސް ލެބޯޓަރީ ހުޅުވާފައި ހުންނަ ހުރިހާ ގަޑިތަކެއްގައިވެސް ހެދޭނެކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޓެސްޓްތައް ރަން ކުރާނީ ކޭއާރުއެޗުގެ ލެބޯޓަރީން ކަމަށާއި އެގޮތުން އެ ހަފްތާއެއްގައި ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ ޖެހިގެން އަންނަ ހަފްތާއެއްގެ ހޯމަ ދުވަހު ކަމަށެވެ.

ކޭއާރުއެޗުން 107 އެލާޖީއަށް މިހާރު ޓެސްޓް ކުރެވޭނެއެވެ. އަދި މި ހިދުމަތް ހުރިހާ އުމުރުފުރާއަކަށްވެސް މިހާރު ލިބޭނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355