twitterviber whatsapp telegramfacebookyoutube instagram
26th July 2026

މިއަހަރުގެ ބަޖެޓުން 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

Feb 24, 2022

މި އަހަރު ހަރަދު ކުރުމަށް ފާސްކުރި ބަޖެޓުން މި އަހަރުގެ މިހާތަނަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. މި އަހަރު ހަރަދު ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްދީފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 23 ގެ ނިޔަލަށް ބަޖެޓުން 3,085.3 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއަހަރުގެ ބަޖެޓަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި އެވެ. މި ބަޖެޓުން 34.10 ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.

މި ހަރަދުގެ ތެރެއިން ރިކަރަންޓް ހޭދައިގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ ވެއެވެ. އަދި އެޑްމިނިޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

މިހާތަނަށް ކެޕިޓަލް އެކްސްޕެންޑިޗާއަށް 699.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކެޕިޓަލް ހަރަދުގެ ތެރެއިން ތަކެތި ގަންނަން 8.6 މިލިއަން ރުފިޔާ އަދި ބިންތަކާއި އިމާރާތްތަކަށް 233.4 މިލިއަން ހޭދަކޮށްފައިވެ އެވެ. މީގެ އިތުރުން އިންފްރާސްޓްރަކްޗާ އެސެޓުގެ ގޮތުގައި 295.0 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355