twitterviber whatsapp telegramfacebookyoutube instagram
30th April 2025

ކައުންސިލަރުން ރައްޔިތުންނާ ބައްދަލުކުރުން މިރޭ

Feb 24, 2022

ކުޅުދުއްފުށީގައި މިއަހަރަށް ހިންގުމަށް ރޭވިފައިވާ މުހިންމު ހަރަކާތްތައް ރައްޔިތުންނާ ހިއްސާކުރުމަށް ބާއްވާ ބައްދަލުވުން މިރޭ އޮންނާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި 2021 ވަނަ އަހަރު ހިންގުނު ހާއްސަ ހަރަކާތްތަކާއި ކުރިއަށް ރޭވިފައިވާ ހަރަކާތްތައް މި ބައްދަލުވުމުގައި ހިއްސާކުރެވޭނެ ކަމަށެވެ.

އަދި މީގެ އިތުރުން ކައުންސިލްގެ މުހިންމު ނިންމުންތައްވެސް މި ބައްދަލުވުމުގައި އާންމުންނާ ހިއްސާކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވާ މި ބައްދަލުވުން އޮންނާނީ މިރޭ 8:45 ގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355