twitterviber whatsapp telegramfacebookyoutube instagram
6th May 2024

އަފީފުއްދީން ސްކޫލުގެ ރޯދަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް!

ޚަދީޖާ އާދަމް
Feb 26, 2022

އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން އަންނަ މާރޗްމަހު ބާއްވާ ހަމަޖެހިފައިވާ ރޯދަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް ހުޅުވާލެވިފައިވާކަމަށް އެ ސްކޫލުން ބުނެފި އެވެ.

އަފީފުއްދީން ސްކޫލުން ބުނިގޮތުގައި މިރޯދަ ބާޒާރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗު މަހުގެ 3، 4 އަދި 5، މި ތިން ދުވަހު އެވެ. މިރޯދަ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށްވެސް ހުޅުވާލެވިފައިވާކަމަށް އެސްކޫލުން ހާމަކުރެ އެވެ.

މިހާތަނަށް ޖުމްލަ 7 ފަރާތަކުން މި ބާޒާރުގައި ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފައިން ރޯސް، ބައުންޓީ، ގޯލްޑްވޭ، ޗާންދަލިޔާ ބުކްސޮޕް، ހޭވަތް ފިހާރަ، ޕިންކް ރިބަން، ރިއަލް އޭޖް ހިމެނެ އެވެ.

އެސްކޫލްގެ ހޯލުގައި ޖުމްލަ 6 ސްޓޯލް ބަހައްޓާނެ އެވެ. އެއީ ސްޓޯލެއް ވަކިން ނަގާނަމަ ދުވާލަކަށް 1100 ރުފިޔާ އަދި ހޯލު އެއްކޮށް ނަގާނަމަ ދުވާލަކަށް 6000 ރުފިޔާގެ އަގެއް ދައްކަން ޖެހެ އެވެ.

ފުރަތަމަ ބުރީގެ ސްޓޯލެއް ދުވާލަކަށް 600 ރުފިޔާ ދޫކުރަން ހަމަޖެހިފައިވާއިރު ދެވަނަބުރީގެ ސްޓޯލެއް ދުވާލަކަށް 500 ރުފިޔާ ދޫކުރާނެ އެވެ.

އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ބާޒާރު ހިނގަމުންދާ ވަގުތު އެއްވެސް ފަރާތަކުން އެއްޗެށް ވިއްކާލަށް ބޭނުންވެއްޖެ ނަމަ ގަޑި އިރަކަށް 30 ރުފިޔާގެ ރޭޓުން ބެއްޗެއް ކުއްޔަށް ދޫކުރެވޭނެ ކަމަށް ވެސް ސްކޫލުން ހާމަކުރި އެވެ.

ސްކޫލުން ބުނީ ބާޒާރު ހުޅުވިފައި ހުންނާނީ ބުރާސްފަތި އަދި ހުކުރު ދުވަހު ހަވީރު 04:30 ން 06:00 އަށް އަދި ރޭގަނޑު 08:30 ން 10:30 އަށް ކަމަށާއި ހޮނިހިރު ދުވަހު ހެނދުނު 08:00 ން ހަވީރު 06:00 އަށް އަދި ރޭގަނޑު 08:30 ން 10:30 އަށް ކަމަށެވެ.

އަދި އެސްކޫލުން ހާމަކުރިގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 1 މާރޗްގެ 14:00 ގެ ކުރިން 9975222 ނަންބަރު ފޯނަށް ގުޅައިގެން ބައިވެރިވުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355