twitterviber whatsapp telegramfacebookyoutube instagram
14th April 2025
ADVERTISEMENT

ޔޫކްރެއިންގައި ތިބި 15 ދަރިވަރަކު ހަންގޭރީއަށް

Feb 26, 2022

ޔޫކްރޭންގައި ތިބި 15 ދިވެހި ދަރިވަރަކު ޔޫކްރެއިންގެ ބޯޑަރު ހުރަސްކޮށް، މިހާރު ހަންގޭރީއަށް އެތެރެވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމައިގެ ނުރައްކާ ކުރިމަތިވެ ޔުކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން އެ ގައުމުގެ ހުޅަނގުގައި އޮންނަ އިވަނޯގައި ތިބި 15 ދަރިވަރަކު ރޭ ހަންގޭރީއަށް ބަދަލުކޮށްފައިވާ ކަމަށާއި މިހާރު އެ ގައުމުގައި ތިބީ 9 ދަރިވަރުން ކަމަށެވެ. އެ 15 ދަރިވަރުން ރޭ ރާއްޖެ ގަޑިން 11:30 ހާއިރު ބުދަޕެސްޓަށް އެތެރެވެފައިވާ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މި ކުދިން ރާއްޖެ ގެނެވޭނެ ކަމަށެވެ.

ޔޫކްރެއިންގެ އުތުރުގެ ހިސާބުތަކުގައި މިވަގުތު ތިބި ނުވަ ދިވެހިން، ހަންގޭރީ ބޯޑަރާ ކައިރި ހިސާބަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބަކަށް ވުމާއެކު، ހާލަތު ހުރި ގޮތުން އެ ކަމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޔޫކްރެއިން ބޯޑަރު ކައިރީގައި އޮންނަ ބެލާރުސްގައި 140 ދިވެހި ދަރިވަރުން ކިޔަވަމުން އަންނަކަން ފާހަގަކޮށް، މިނިސްޓްރީން ބުނީ ގިނަ ކުދިން ކިޔަވަމުން އަންނަ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވާސިޓީން އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މިނިސްޓްރީން އަންނަނީ ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ހާލަތުގެ އިތުރުން، ބެލާރުސްއާއި ރަޝިއާގެ ކުރްސްކްގައި ތިބި ދިވެހިންގެ ހާލަތު ވެސް ވަރަށް ގާތުން ބަލަަމުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com