twitterviber whatsapp telegramfacebookyoutube instagram
4th September 2025

މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެމްޕެއިނެއް

Feb 26, 2022
1

ސީރާ ގްރޫޕްގެ ފްލޭގްޝިޕް ކޮންސިއުމާ ޓްރެވަލް ބްރޭންޑް، އަލްމޮސާފާއާ އެކު އެމްއެމްޕީއާރްސީން މެދުއިރުމަތީގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމާ ގުޅޭ ކެމްޕޭނެއް ފަށައިފި އެވެ.

ސީރާ ގްރޫޕަކީ މެދުއިރުމަތި އަދި އުތުރު އެފްރިކާގައި ފަތުރުވެރިކަމާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު އެއް ކުންފުންޏެވެ.

އިއްޔެ ފެށި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކެމްޕޭންގެ ދަށުން ރާއްޖެއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނާ ހިއްސާކުރާނެ އެވެ.

އެގޮތުން ސޯޝަލްމީޑިއާގެ ވަސީލަތްތައް ކަމުގައިވާ ޓުވިޓާ، އިންސްޓަގްރާމް އަދި ސްނެޕްޗެޓްގައި ރާއްޖެއާއި ގުޅުން ހުރި ތަފާތު ގިނަ މައުލޫމާތުތަކެއް ހިއްސާކުރާނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ ކެމްޕޭންގެ މައިގަނޑު މަގުސަދަކީ މެދުއިރުމަތި އަދި ހާއްސަކޮށް ސައުދި އަރަބިއްޔާގެ މާކެޓްގައި ރާއްޖެ އަކީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި އެ ތަންތަނުގައި އަޅާފައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް މެދުއިރުމަތީގެ މަތީ ފަންތީގެ ފަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355