twitterviber whatsapp telegramfacebookyoutube instagram
9th August 2026

ރާއްޖެގައި ތިބި ޔޫކްރެއިނާއި ރަޝިއާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަނީ

ޚަދީޖާ އާދަމް
Feb 26, 2022

ރާއްޖޭގައި ތިބި ޔޫކްރެއިނާއި ރަޝިޔާގެ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމަވައިފި އެވެ.

ރާއްޖޭ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވީ އާދިއްތަ ދުވަހު އެކަމުގެ އިތުރު ތަފްސީލު ހާމަކޮށް ބަޔާނެއް ނެރުއްވާނެ ކަމަށެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފާނެތީ އެކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށްވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްވިދާޅުވިއެވެ. ރަޝިޔާއާއި ޔޫކްރެއިންއަކީވެސް ރާއްޖެއިން އޮން އެރައިވަލް ވީސާ ދޭ ދެ ގައުމެވެ.

އެގޮތުން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް, އެތަނުގައި ތިބި ރަޝިޔާއާއި ޔޫކްރެއިންގެ ފަތުރުވެރިންގެ އަދަދާއި އެމީހުން ފުރުމަށް ހަމަޖެހިފައިވާގޮތް ޓޫރިޒަމް މިނިސްޓްރީއަށް އަންގަން އެދިފައިވާނެ ކަމަށެވެ.

ރަޝިޔާއަކީ މިދިޔަ އަހަރު ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. އަދި ޔޫކްރެއިނަކީ އަހަރުގެ މިހާތަނަށް 8 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355