twitterviber whatsapp telegramfacebookyoutube instagram
25th October 2026

ސަލްމާންގެ ދަބަންގް ޓުއާއަށް ބޮޑު ތަރުހީބެއް

Feb 27, 2022

ދުބާއީގައި މިހާރު ބާއްވަމުންދާ ސަލްމާންގެ ދަބަންގް ޓުއާއަށް ބޮޑުތަރުހީބެއް ލިބެމުން އަންނަކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާއިރު މި ޓުއާގައި މިފަހަރު ގިނަތަރިންތަކެއް ވަނީ ބައިވެރިވެފައެވެ.

އެގޮތުން ޕޫޖާ ހެގްޅޭ، ސޮނާކްޝީ ސިންހާ، ދިޝާ ޕަޓާނީ އަދި އަޔުސް ޝަރްމާވަނީ ޓުއާގައި ބައިވެރިވެފައެވެ.

ސަލްމާންގެ ކޮންސެޓް ބަލަން ގިނަ އަދަދެއްގެ ބަޔަކު ގޮސްފައިވާއިރު އޭނާ ދިޝާއެކުގައި ނެށުމުން ގިނަބަޔެއްގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.

އެގޮތުން އެދެތަރިން އެކުގައި ފެނުނު ރާދޭގެ ލަވައަކަށް ނަށާ ވީޑިއޯއެއް ސޯޝަލް މީޑީއާގައިވެސް ދައުރުވަމުން ދާއިރު ސަލްމާން ގެ ނެށުމަށް ދަނީ މަލާމަތް ކުރަމުންނެވެ. ރާދޭ ފިލްމު ރިލީޒްވި ދުވަސްވަރުވެސް އެ ދެތަރިންގެ ކެމިސްޓްރީ ދިމާނުވާކަމަށް ބުނެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293