twitterviber whatsapp telegramfacebookyoutube instagram
19th February 2026

ބީއެމްއެލްއިން ތިން އާއިލާއަކަށް ހިލޭ ގެ އަޅައިދެނީ

ނަބީލާ އިސްމާޢީލް
Feb 27, 2022

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ބޭނުން ނުފުދި ދިރިއުޅޭ އާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހައުސިން ގްރާންޓް އިފްތިހާހްކޮށްފި އެވެ. އެ ގޮތުން ބީއެމްއެލްގެ ހައުސިން ގްރާންޓްގެ ދަށުން ހިލޭ އެހީގައި ތިން އާއިލާއަކަށް ފަރުނީޗަރު ހިމެނޭހެން ގެ އިމާރާތްކޮށްދޭނެ ކަމަށެވެ.

އެހީ ބޭނުންވާ އާއިލާތައް ނޮމިނޭޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ޖަމިއްޔާތަކަށާއި ކައުންސިލްތަކަށް ހުޅުވާލާފަ އެވެ. ނޮމިނޭޓް ކުރަން ބޭނުންވާ އާއިލާތަކުގެ މައުލޫމާތު އަންނަ މަހުގެ 31ގެ ކުރިން [email protected] މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ އެވެ.

މި ހަރަކާތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއަދު ތައާރަފްކުރި މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ ބޭނުމަކީ އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށް ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކަކީ ބީއެމްއެލް ސްކޮލާޝިޕް ފަންޑު، ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން އަދި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތައާރަފްކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355