twitterviber whatsapp telegramfacebookyoutube instagram
15th April 2026

މަަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހެއްގެ ފިރިއަކު ހައްޔަރުކޮށްފި

އަބްދުލް ވާހިދު ޙަސަން
Feb 28, 2022
6

ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށިން ފުލުހެއްގެ ފިރިއަކު ހައްޔަރުކޮށްފި އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ކުޅުދުއްފުށީ ސިޓީ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ނަމަވެސް އެ މީހައާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާނުކުރެ އެވެ.

ފުލުހުން ބުނީ ފެބްރުއަރީ 27 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާއިރު މި މީހަކީ ފުލުހެއްގެ ފިރިއެކެވެ. އަދި މި މީހާއަކީ މެދުރާއްޖޭތެރޭއަށް ނިސްބަތްވާ މީހެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355