twitterviber whatsapp telegramfacebookyoutube instagram
10th May 2024

އަފީފުއްދީން ސްކޫލް އިންޓަރ ހައުސް ފައިނަލުގައި ފަހަތުން އަރާ ގާޒީ ބަލިކޮށް އަމީނީ ހައުސް ތަށި ހިއްލާލައިފި

މުޙައްމަދު އަހުމަދު
Mar 1, 2022

އަފީފުއްދީން ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަހަތުން އަރާ ގާޒީ ހައުސް ބަލިކޮށް އަމީނީ ހައުސް ތަށި ހިއްލާލައިފި އެވެ.

ވާދަވެރި މެޗުތަކެއް ފެނިގެންދިޔަ މިމުބާރާތުގެ ތަށި އަމީނީ ހައުސްއިން ހިއްލާލީ މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގައި ފަހަތުން އަރާ 3 - 1 ން ގާޒީ ހައުސް ބަލިކޮށްގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ގާޒީ ހައުސްއިންނެވެ. ގާޒީ ހައުސްއަށް މިލަނޑު ޖަހައިދިނީ އެޓީމުގެ ބިލާލް އެވެ.

އަމީނީ ހައުސްއިން މެޗުގެ ނަތީޖާ ހަމަކުރި ލަނޑު ޖަހައިދިނީ އަމީނީގެ ޖޯޒީ ނަމްބަރު 11 ލަހުފާން އެވެ. އަމީނީ ހައުސްއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިން ލަނޑު އެޓީމަށް ޖަހައިދިނީ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަމީނީގެ ޖޯޒީ ނަމްބަރު 10 މުހައްމަދު ޒައިން އެވެ.

އަމީނީ ހައުސްގެ 3 ވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ވެސް ޒައިން އެވެ. ފައިނަލުގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހާސިލްކުރީ އަމީނީގެ ހައުސްގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ޒައިން އެވެ.

މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ މަގާމު ފަރީދީ ހައުސްގެ ކީޕަރު އަހްމަދު ހަމްދާނަށް ލިބުނުއިރު މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ އަމީނީގެ މުހައްމަދު ޒައިން އަށެވެ. އަދި މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ގާޒީ ހައުސްގެ މުހައްމަދު އައްމާރެވެ.

މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންނަށް ހޮވިފައިވަނީ އަމީނީ ހައުސްގެ ކެޕްޓަން ޝަފްރާހް އަހްމަދާއި ގާޒީ ހައުސްގެ ކެޕްޓަން މުހައްމަދު ހަމްދާނާއި ގާޒީ ހައުސްގެ ރީހާންގެ އިތުރުން އަމީނީ ހައުސްގެ މުހައްމަދު ރަޒާންއާއި މުހައްމަދު ޒައިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355