twitterviber whatsapp telegramfacebookyoutube instagram
20th August 2026

40 އަހަރަށް ފަހު ކޭއާރުއެޗުގެ ނަރުހުންގެ ޔުނީފޯމަށް ބަދަލެއް

ޚަދީޖާ އާދަމް
Mar 1, 2022
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ނަރުހުންގެ ޔުނީފޯމަށް ބަދަލު ގެނެސްފިއެވެ. މިއީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހުންގެ ޔުނީފޯމަށް ބަދަލުގެނައި ފުރަތަމަ ފަހަރެވެ.

ޔުނީފޯމަށް ބަދަލު ގެނެސްފައިވަނީ މިއަދު ފާހަގަ ކުރަމުންދާ އެ ހޮސްޕިޓަލުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެންނެވެ. އެގޮތުން ކުރިން ލީ ހުދު ޔުނީޕޯމްގެ ބަދަލުގައި މިހާރު ބޭނުން ކުރަނި ޓީލް ބުލޫ ކުލައިގެ ޔުނީޕޯމެކެވެ. އަދި ޔުނީޕޯމާއެކު ބޭނުންކުރާ ބުރުގާއަކީވެސް އެކުލައިގެ ބުރުގަލެކެވެ.

ކޭއާރުއެޗްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހެނދުނު ޒޯން ސްޓޭޑިއަމްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވަފައެވެ. ނަރުހުންގެ އާ ޔުނީފޯމް ދައްކާލީ މި ރަސްމިއްޔާތުގެ ތެރެއިންނެވެ.

އަހަރީ ދުވަހާއި ގުޅުވައިގެން އެ ހޮސްޕިޓަލުން ވަނީ މިއަދަށް އެކި ހަރަކާތްތައް ރާވާފައެވެ. އެގޮތުން އޯޕީޑީ، އައިޕީޑީގައި ތިބި ބަލި މީހުންނަށް ހަދިޔާ ބެހުމާއި، މުވައްޒަފުންނަށް ހުޅުވާލައިގެން ހާއްސަ ކުއިޒެއް ބޭއްވުމުގެ އިތުރުން ވަކިވަކި ޑިޕާޓްމެންޓްތަކުން ވެސް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355