twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޭއާރުއެޗުގެ އަހަރީ ދުވަހު ސާފު ކުރުމާއި ހަދިޔާ ދިނުން

Mar 5, 2022
1

މިމަހު 1 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 40 އަހަރުފުރުމާ ގުޅިގެން އަހަރީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ. އަހަރީ ދުވަސް ފެށިގެން ދިޔައީ އެކަމަށްޓަކައި ޒޯން ސްޓޭޑިއަމްގައި ބޭއްވުނު ވަރަށް ހާއްސަ ހެނދުނުގެ ނާސްތާ ޝަރަފުވެރިކޮށްދެއްވީ ކޭއާރުއެޗުގެ ގަވަނިންގ ބޯޑުގެ ޗެއާ އައިމިނަތު ގާސިމެވެ.

ކޭއާރުއެޗްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު ވިދާޅުވީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވަނީ ކޮމިއުނިޓީ އެންގޭޖްވާ ގޮތަކަށް ކަމަށާއި އެކި އެކި ޑިޕާޓްމަންޓްތަކުން ތަފާތު ގިނަ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އެ ޑިޕާޓްމަންޓަކުން ކުރިއަށް ގެންދާނެ އިވެންޓްތައް ނިންމީ އެ ޑިޕާޓްމަންޓެއްގެ މުވައްޒަފުން މަޝްވަރާ ކުރުމަށް ފަހުކަމަށެވެ.

އޭގެ ތެރޭގައި ރަށުގެ ބައެއް ސަރަހައްދުތައް ސާފު ކުރުމާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއަށް ޒިޔާރަތްކޮށް އެތަނުގެ މުވައްޒަފުންނާއި، އެތަނުގައި ތިބޭ ކުދިންނާއި ބައްދަލުކޮށް ހަދިޔާ ހަވާލު ކުރެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ސްޕީޗް ތެރަޕީ ޔުނިޓަށް ބޭނުންވާނެ ގިނަ އާލާތްތައް ހަދިޔާ ކުރުން، މުޖުތަމައުގެ އިސްރަށްވެހިންނާއެކު ކަސްރަތު ހަވީރެއް ކުރިއަށް ގެންދިއުމާއި ދާންމަތީ ބަލި މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ހަވާލުކުރުމާ އަދި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންގެ ގެޓް ޓުގެދަތައް ބޭއްވުން ކުރިއަށް ގެންދެވުނުކަން ޑޭވިޑް ފާހަގަކުރެއްވި އެވެ.

އަދި ހޮސްޕިޓަލުން އެ ދުވަހު އޯޕީޑީއިން ހިދުމަތް ހޯދި ފަރާތްތަކަށާއި، އެޑްމިޓް ކުރެވިގެން ފަރުވާ ދެމުން ދިޔަ ފަރާތްތަކަށްވެސް ހަދިޔާ ޕެކްތައް ބަހާފައިވާއިރު އެނިވަރސަރީ ލޯގޯ ފަރުމާކުރުމުގެ މުބާރާތެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ޖުމްލަ 40 ލޯގޯ ލިބިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް ތަފާތު އާ ހިދުމަތްތަކާއި ގިނަ އުމްރާނީ ތަރައްގީތަކެއް އަންނަމުންދާއިރު، މިހާރު ރައްޔިތުން އެންމެ ބޭނުންވަނީ ހިދުމަތް ހޯދާ ފަރާތްތަކަށް އޯގާތެރިކަމާއި އަޅާލުމާއެކު ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ހިދުމަތް ފޯރުކޮށްދޭން ތިބޭ މުވައްޒަފުންގެ ފަރާތުން ލިބިގެން ދިއުން. އެކަން އަޅުގަނޑުމެންނަށް ހާސިލުވެގެން ދާނީ މުވައްޒަފުންނަށް ރަގަޅު މަސައްކަތު މާހައުލެއް ބިނާކޮށްދީ، ތަމްރީނުދީ އަދި އެފަދަ ކަލްޗަރއެއް ބިނާ ކުރެވިގެން. އެހެންކަމުން މިކަމަށް މަގުކޮށުމުގެ ގޮތުން މި އަހަރުގެ އަހަރީ ދުވަހު ޓީމް އެންގޭޖްމެންޓް ހަރަކާތްތަކުގެ އިތުރުން ކޮމިއުނިޓީ އެންގޭޖްވާނެ ފަދަ ގިނަ ކަންތައްތަކެއް ރޭވުމަށް މަސައްކަތް ކޮށްފައިވާނެ." ޑީސީއީއޯ ވިދާޅުވި އެވެ.

އަހަރީ ދުވަހުގެ ހަފްލާގައި ނަރުހުންގެ އާ ޔުނީފޯމް ވަނީ ތައާރަފު ކުރެވިފައި އެވެ. މިއީ 40 އަހަރަށް ފަހު ޔުނީފޯމަށް އަލަށް ބަދަލު ގެނެވުނު ފަހަރެއެވެ. ކުރިއަށް އޮތްތަނުގައި ޑޮކްޓަރުންގެ ސްކްރަބު، ސެކިއުރިޓީ ޔުނީފޯމް، އެޓެންޑެންޓްގެ ޔުނީފޯމް، އެންބިއުލާންސް ޑްރައިވަރުންގެ ޔުނީފޯމް އަދި ހޮސްޕިޓަލުގެ އެކްޓިވިޓީ ކިޓް ތައާރަފު ކުރެވޭނެކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހުރިހާ މުވައްޒަފުން އެއް ތަނަކުން ބައްދަލުވެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބޭއްވޭ ސްޓާފް ނައިޓް މި މަހުގެ 8 ވަނަ ދުވަހު އަފީފުއްދީން ސްކޫލް ހޯލްގައި އޮންނާނެ އެވެ. މި ނައިޓްގައި ސްޓާފުންގެ ގިނަ ހަރަކާތްތަކާއި، މުބާރާތްތަކުން ވަނަ ވަނަ ހޯދި ފަރާތްތަކަށް އިނާމު ދިނުމާއި، ސްޓާފް އެކްސެލެންސް އެވާޑްސް އާއި އެޓެންޑެންސް އެވާޑު ދިނުން އޮންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355