twitterviber whatsapp telegramfacebookyoutube instagram
5th February 2025

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް22 އަލްޓްރާ ޕްރީއޯޑަރަށް ހުޅުވާލައިފި

Mar 3, 2022

ސެމްސަންގް ގެލެކްސީ އެސް22 އަލްޓްރާ އަށް މޫލީ މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

ފޯނު ޕްރިއޯޑާ ކުރަން ޖެހޭނީ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އޯޑަރު ކުރުމުން ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ އެވެ.

އުރީދޫން ޕްރީއޯޑަ ކުރާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު ހަ މަސް ވަންދެން، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ. މި ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލައްވާ އުރީދޫ ސިމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

ބޯނަސް ޑޭޓާގެ އިތުރުން ޕްރީ އޯޑަރު ކުރާ ފޯނުތަކާ އެކު ސެމްސަން ގެލެކްްސީ ބަޑްސް2 ވެސް ހިލޭ ލިބޭނެ އެވެ.

އުރީދޫން ޕްރިއޯޑާގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 18އާ ހަމައަށެވެ.

ސެމްސަން ގެލެކްސީ އެސް22 އަލްޓްރާ އަކީ 5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ފޯނެކެވެ. މި ފޯނު ފަަރުމާކޮށްފައިވަނީ ސެމްސަންގުގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާ އެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ކޮލިޓީ ރަނގަޅު ފޮޓޯ އާއި ވީޑިއޯ ކުރެވޭ ގޮތަށެވެ.

މި ފޯނުތަކުގެ ތަފާތު ކުލަތައް ސެމްސަންގުން ވަނީ ނެރެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355