އުރީދޫގެ ހިންގުން ޑިޖިޓަލައިޒް ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށާއި، އެންޓަޕްރައިޒް ރީޓެއިލް ޕްލޭނިން (އީއާރުޕީ)ގެ ބައިވެރިއެއްގެ ގޮތުގައި އެސްއޭޕީ ހަމަޖައްސައިފިއެވެ.
އުރީދޫ ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަޒީޒް އަލްއުޝްމާނީ ފަޚްރޫ ވިދާޅުވީ އެސްއޭޕީ ފަދަ ދުނިޔޭގެ ފެންވަރުގެ ކުންފުނިތަކާއެކު މަސައްކަތް ކުރުމަކީ އުރީދޫގެ ކުރިއެރުމަށް އެކުލަވާލެވިފައިވާ ސްޓްރަޓެޖީގެ ބައެއް ކަމަށެވެ.
މިކަން އިއުލާންކުރީ މި ހަފްތާގެ ތެރޭ، ސްޕެއިންގެ ބާސެލޯނާގައި އޮތް މޯބައިލް ވޯލްޑް ކޮންގްރެސްގައެވެ. އެސްއޭޕީގެ ސީއީއޯ ކްރިސްޓިއަން ކްލެއިން ވިދާޅުވީ އުރީދޫ ޑިޖިޓަލައިޒް ވުމުގެ ދަތުރުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެއް ކަމަށެވެ.
އެ ކުންފުންޏަކީ ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދޭ ކުންފުންޏެއް ކަމަށާއި، އެކަމުގެ ސަބަބުން އުރީދޫއަށް ރަނގަޅު ކުރިއެރުމެއް ހޯދައިދެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.