twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ފުރަތަމަ މެޗުގައި އަފީފުއްދީނުން ޖަލާލުއްދީން ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި

މުޙައްމަދު އަހުމަދު
Mar 4, 2022

މާއްޓޭ ސްޕޯޓްސް އެކަޑަމީން އިންތިޒާމުކޮށްގެން ބާއްވާ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު އަފީފުއްދީން ސްކޫލުން ޖަލާލުއްދީން ސްކޫލު ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފި އެވެ.

މިމެޗުގައި އަފީފުއްދީން ސްކޫލުގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު ޖަލާލުއްދީން ސްކޫލުން ވެސް މެޗުގައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މިމެޗު އަފީފުއްދީނުން ކާމިޔާބުކުރީ 9 - 1 ގެ ތަފާތަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އަފީފުއްދީނުންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 18 މުހައްމަދު އިޔާޒެވެ. އޭގެ 13 ވަރަކަށް މިނެޓުފަހުން ޖަލާލުއްދީނުގެ މަތީން ބަޝީރު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގައި ދެވަނަ ފަހަރަށް އަފީފުއްދީނަށް ލީޑު ނަގައިދިނީ މެޗުގެ 20 ވަނަ މިނެޓުގައި މުހައްމަދު އަބާނެވެ. އަބާން މިމެޗުގައި ހެޓްރިކް ހެދިއިރު އަފީފުއްދީނުގެ ނާއިލް ހަސަންއާއި މުހައްމަދު އިޔާޒް ވަނީ ދެލަނޑު ޖަހާފަ އެވެ. އަދި ހަމްދާނާއި އެޓީމުގެ ކެޕްޓަން ޝަފްރާހް ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ފޯރިގަދަ މިމެޗުގައި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ ކުޅިވަރުގެ ރޫހުގެ ތެރެއިން ފޯރިގަދަ ސަޕޯޓެއް ކުރެވިގެންދިޔަ ތަނެވެ. މިމެޗު 9 - 1 ން އަފީފުއްދީނުން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފީފުއްދީނުގެ ޖޯޒީ ނަމްބަރު 11 މުހައްމަދު އަބާނެވެ.

މިމުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާއި ހދ އޭއީސީ އެވެ. މިމެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355