twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވާދަވެރި ކުޅުމަކާއެކު އޭއީސީ ބަލިކޮށް އަފީފުއްދީނުން ފެންވަރު ދައްކާލައިފި

މުޙައްމަދު އަހުމަދު
Mar 5, 2022
2

މިހާރު ކުރިއަށްދާ މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ ޓޯނަމެންޓުގެ ދެވަނަ މެޗުގައި މިއަދު ވާދަވެރި ކުޅުމަކާއެކު އޭއީސީ ބަލިކޮށް އަފީފުއްދީނުން ފެންވަރު ދައްކާލައިފި އެވެ.

އަފީފުއްދީން ސްކޫލުން ހދ އޭއީސީގެ މައްޗަށް ކުރިހޯދީ 4 - 0 ގެ ނަތީޖާއަކުންނެވެ. މިމެޗުގައި އޭއީސީގެ ކުޅުންތެރިންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. މިމެޗުގައި އަފީފުއްދީނަށް މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގައިދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް މުހައްމަދު އިޔާޒް އެވެ.

މެޗުގައި އަފީފުއްދީނުގެ ކުޅުންތެރިންގެ ފަރާތުން ވެސް ތަފާތު މޮޅު ކުޅުމެއް ފެނުނެވެ. އޭއީސީން ވަނީ ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. މެޗުގައި އަފީފުއްދީނުގެ ދެވަނަ ލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 24 މުހައްމަދު ލަހްފާނެވެ.

މެޗުގެ 3 ވަނަ ލަނޑުޖަހާ އަފީފުއްދީނަށް ލީޑު ނަގައިދިނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަފީފުއްދީނުގެ ކުޅަދާނަ ޑިފެންޑަރު މުހައްމަދު ރަޒާނެވެ. ރަޒާން ވަނީ މިމެޗުގެ މޭން އޮފް ދަ މެޗް ވެސް ހޯދާފަ އެވެ. މެޗުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަބާނެވެ.

މިމުބާރާތުގައި ދެން މެޗެއް ކުޅެވޭނީ އަންނަ ހަފްތާ ބަންދުގަ އެވެ. މިމުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ހަފްތާ ބަންދު ދުވަސްތަކުގައި އެކަންޏެވެ. އަންނަ ހުކުރު ދުވަހު ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީނާއި އޭއީސީ އެވެ. އަދި ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އަފީފުއްދީނާއި ޖަލާލުއްދީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355