ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީ ސިޓީގެ ކަނބަލުންނަށް އަމާޒުކޮށް "އަންހެނުންގެ ސައްލާ" ނަމުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިއްޖެ އެވެ.
ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިބައްދަލުވުންތަކުގައި މައުލޫމާތު ދެއްވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވަކީލުން ކަމަށެވެ. މި ބައްދަލުވުންތައް އޮންނާނީ 11 އަދި 12 މާރޗް 2022 މިދެދުވަހު 20:30 ން 22:30 އެންއޯސީ ހޯލުގައެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އެގޮތުން 09 މާރޗް 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން https://forms.gle/hFHz5FkrA45UMW3F7 މި ލިންކް ބޭނުންކުރައްވާ ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ.