ބޮޑުތިލަދުންމަތީގައި ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނެއް ގާއިމުކުރެވޭނެކަމަށް އެންވާރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުގެ ބަޖެޓުވެސް މިދިޔަ ހަފުތާގައި އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ރާވާފައި ވަނީ މިމިހުގެ ތެރޭގައި މިމަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރޭވިފައިވަނީ މިމިހުގެ ތެރޭގައި މިމަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ ހއ، ހދ ށ، މި 3 އަތޮޅުގައި އުފެދޭ ކުނި އެ ސަރަހައްދުގައި ގާއިމްކުރާ ވޭސްޓް މެނޭޖްމެންޓް ޓްރާންސްފަރ ސްޓޭޝަނަށް ގެންދިއުމަކީ އަމާޒެއް ކަމުގަ އެވެ.
ހއ، ހދ، ށ ވޭސްޓް މެނޭޖްމެންޓް މަޝްރޫއަކީ ދިވެހި ސަރުކާރާއި އޮފިޑް ގުޅިގެން ހިންގާ މަޝްރޫއެކެވެ.
ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށަކީ ރައްކާތެރި ރަށެއްގެ ގޮތުގައި ހެދުން ކަމުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ބައެއް ފަހަރު ތަރައްގީގެ މަސައްކަތްތައް ރޭވޭ އެކިއެކި ގޮތްގޮތުންނާއި، ރޭވޭ އަވަސްމިނުގެ ސަބަބުންވެސް ރަށްރަށުގެ ތިމާވެށްޓަށް ނޭދެވޭ ކަންކަން ކުރިމަތިވާ ކަމުގައެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް އެންމެ ބޭނުންވާ ކަންކަން ނުބަލާ މަޝްރޫއުތައް ފަރުމާކުރެވޭކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ މޫސުމަށް މިއަންނަ ބަދަލުތަކާއި ގުޅިގެން ޤައުމުތަށް ހޭނޭނީ ކިހާމިންވަރަކަށްތޯ ބަލާއިރުގައި، ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީސްގައި ނުހިފެހެއްޓިއްޖެނަމަ ރާއްޖޭގެ އެންމެ މުހިންމު ގުދުރަތީ އެސެޓު ކަމުގައިވާ ރާއްޖޭގެ ރަށްތަށް ވަށައިގެންމިވާ ފަރުތައް ނެތިދިއުމުގެ ބިރު އެބައޮތް ކަމަށެވެ.
ރަށްރަށުގެ ތަރައްގީގެ މަސައްކަތްތައް ރާވާއިރުގައި ހާއްސަކޮށް އިންފްރާސްޓްރަކްޗަރ މަސައްކަތްތައް ރާވާއިރުގައި ރަށްރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަރަށް ބޮޑަށް އެބަ ސަމާލުވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އުތުރުގެ 3 އަތޮޅުގައި އުފެދޭ ކުނިމެނޭޖް ކުރުމަށް 2016 ވަނަ އަހަރުވެސް ، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކެއް ހެދުމަށް ބޭނުންވާ ކޮންސަލްޓަންސީ ސާވިސް ފޯ ޓެކްނިކަލް އެންޑް ފައިނެންޝިއަލް (ފީސިބިލިޓީ )ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އެ ފަހަރު މި ތިން އަތޮޅުގެ ކުނި މެނޭޖްކުރުމަށް ހަދާ ސެންޓަރުންތައް ހަވާލުކުރީ ޖޮއިންޓް ވެންޗާ އުސޫލުން މޯލްޑިވްސް އެނާޖީ އެންޑް އެންވަރމެންޓް ކޮމްޕެނީ ލިމިޑެޓާއި ފްރާންޓިސް އެސޯސިއޭޓްސް ލިމިޑެޓާ އެވެ.