twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ސާއިލްގެ "އެދުވަސް ގެނެވޭނެ" މޫލީ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް

ޚަދީޖާ އާދަމް
Mar 10, 2022

ޗައިލްޑްހުޑް އެންޒައިޓީ، އޮބްސެސިވް ކޮމްޕައިލް ޑިސްއޯޑާ (އޯސީޑީ)، އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއެރުން ހޯދައިފައިވާ އަހުމަދު ސާއިލް ލިޔެފައިވާ ފޮތް، "އެދުވަސް ގެނެވޭނެ" ރައްޖޭގެ ކޮންމެ ހިސާބަކަަށްވެސް ޑެލިވަރ ކުރުމުގެ ފުރުސަތު މޫލީ މެދުވެރިކޮށް ހުޅުވާލައިފިއެވެ.

ދިވެހި ބަހުން ލިޔެފައިވާ މި ފޮތުގައި މެޑިކަލް ރިސާޗްތަކާއި ހަގީގީ ދިރިއުޅުމުގެ ތަޖުރިބާތަކުގެ އަލީގައި، ދިރިއުޅުމުގެ ބައެއް ވޭންދެނިވި ނަފްސާނީ ބަލިތަށް ދިމާވުމުގެ ސަބަބުތަކާއި، މި ބަލިތަކުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އުފާވެރި ދިރިއުޅުމަކަށް ވާާސިލް ވެވޭނެ ގޮތްތަކަށް ވަނީ އަލިއަޅުވާލައިފައެވެ.

"މި ފޮތަކީ ނަފުސާނީ ބައެއް ބަލިމަޑުކަމުގެ މައްޗަށް އަޅުގަނޑު އެކުލަވާލި ފޮތެއް. އަޅުގަނޑުގެ އަމިއްލަ ނަފުސުން އޭގެ ވަރަށް ގިނަ ކަންކަން ތަޖުރިބާކޮށް، ގިނަ ފަރާތްތަކެއްގެ އެހީގައި އަނދިރިކަމުގެ ޖަންގައްޔަކުން އަލިކަމުގެ ބަގީޗާއަކަށް ނިކުމެވުމުނު. އަޅުގަނޑުގެ އަމާޒަކީ އެ ކަންވީ ގޮތް ތިޔަ ބޭފުޅުންނާ ހިއްސާކޮށް، ހޭލުންތެރިކަން އިތުރުކޮށް މިފަދަ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އުފަލާއެކު ހިނިތުންވެލުމަކީ ކުރެވޭނެ ކަމެއްްކަމުގެ އުންމީދާއި ހިތްވަރު ދިނުން." އެދުވަސް ގެނެވޭނެ ފޮތުގެ ލިޔުންތެރިޔާ އަހުމަދު ސާއިލް އަލީ.

"އެދުވަސް ގެނެވޭނެ"ގެ ލޯންޗާއި ގުޅިގެން ސާއިލް އަށް މަރުހަބާ ދަންނަވަން. ނަފްސާނީ ދުޅަހެޔޮކަމުގެ ތަޖުރިބާއާއި މައުލޫމާތްތައް އެކުލަަވައިލައިގެން ދިވެހިން ލިޔެވިފައިވާ މިފަދަ ފޮތެއް މޫލީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޮރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި ހޭލުންތެރިކަން ބޭނުންވާ މުހިންމު މައުލޫއެއް. އެހެންކަމުން، ސާއިލް ގެ ދަތުރުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މި ފޮތާއެކު މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެހެން ފަރާތްތަކަށް، އުންމީދާއި ހިތްވަރު އާލާވެ، މި ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެކަމަށް އުންމީދުކުރަން." އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް.

ނަފްސާނީ ދުޅަހެޔޮކަމަށް ގިނަ ކަންތައްތަކެއް ހިއްސާވާއިރު، ސަގާފަތާއި އަދި އެ މުޖުތަމަޢުގެ ދިރިއުޅުމުގެ ވައްޓަަފާޅިއާއި ގަބޫލުކުރާކަންކަަމަކީ ނަފްސާނީ ދުޅަހެޔޮކަމުގައި މުހިންމު ދައުރެއް އަދާކުރާަ ކަންކަމެވެ. ޑރ.ޢާރިފް މުޙައްމަދާއި، ޑރ.ޢަބްދުލް ޢަޒީޒް ޙަމީދު (ޞިއްޙީ މާހިރެއް އަދި ލިޔުންތެރިއެއް) އާއި، އަލްފާޟިލާ ފާޠިމަތު ސައުދާ (ސައިކޮލޮޖީގެ ދާއިރާއިން ބެޗްލަރސް ޑިގްރީ އަދި މާސްޓަރ އޮފް ސައިންސް އިން އެޕްލައިޑް ސައިކޮލޮޖީ) އަދި ރިސަރޗް އެސިސްޓެންޓް އާމިނަތު ނައުޝާ އަޙްމަދު (އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް މެންޗެސްޓަރގެ މެޑިކަލް ސްޓޫޑެންޓް) ފަދަ ތަޖުރިބާކާރު ފަންނުވެރިންގެ ދިރާސާގެ އަލީގައި، މި ފޮތުގައި، ރާއްޖޭގެ މުޖުތަމައު އާއި ނަފްސާނީ ބަލިތަކާ ހުރި ގުޅުމަށްވެސް ވަނީ އަަލި އަޅުވާލައިފައެވެ.

މި ފޮތް ކިއުއްވަން ޝައުގުވެރިވާ ފަރާތްތަކަށް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލެވޭނެއެވެ. ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ކޮންމެވަގުތަކު، ކޮންމެތާކު ހުރެގެންވެސް ފަސޭހަަކާއެކު ވިޔަފާރިކޮށްލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355