twitterviber whatsapp telegramfacebookyoutube instagram
29th March 2024

އޮންލައިން ފައިސާގެ މުއާމަލާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ޚަދީޖާ އާދަމް
Mar 10, 2022

އޮންލައިން ވިޔަފާރިތަކުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވެފައިވާތީ، ފައިސާ ފޮނުވުމާއި މުދާ ޑެލިވަރީ ކުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އޮންލައިން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަަލަތަކެއް ފުލުހުންނަށް ހުށައަޅަމުންދާ މިންވަރު ފަހަކަށް އައިސް އިތުރުވެފައިވާކަމަށެވެ.

ކޮވިޑް19 ހާލަތާއި ގުޅިގެން އޮންލައިން ވިޔަފާރިތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ފިހާރަތަކުގެ ވިޔަފާރިތައް އޮންލައިންކޮށް ކުރުމާއި، ފޭސްބުކް ޕޭޖުތަކާއި ވިޔަފާރި އެޕްލިކޭޝަންތަކާއި، އެކިއެކި ހިދުމަތްތައް ހޯދުމުގައިވެސް އޮންލައިންކޮށް ކުރާ ފައިސާގެ މުއާމަލާތްތައް ވަނީ ވަަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ވިދާޅުވީ އައިބޭ މެދުވެރިކޮށް ނުވަތަ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށް މަކަރާއި ހީލަތުން މުދާ ހޯދުން އިތުރުވެފައިވާކަމަށެވެ. ހާއްސަކޮށް އޮޅުވާލައިގެން މޯބައިލް ފޯނުފަދަ އަގު ބޮޑު އިލެކްޓްރޯނިކް ޑިވައިސްތައް ހޯދަމުންދާ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅަމުންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ ބޮޑަށް ފާހަގަކުރެވެމުންދަނީ މަކަރާއި ހީލަތުގެ ކޯލުތަކުގައި، މުދާ ގަތުމަށްފަހު އޮންލައިންކޮށް ބޭންކު މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަ ނޫން ސްލިޕް ފޮނުވާ މައްސަލަކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355