twitterviber whatsapp telegramfacebookyoutube instagram
14th April 2026

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Mar 12, 2022

މޯލްޑިވްސް ރެޑްކުރެސެންޓް ކުޅުދުއްފުށީ ސިޓީ ޔުނިޓުން އިސްނައިގެން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ނަފްސާނީ ފުރަތަމަ އެހީ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރެޑްކުރެސެންޓް ކުޅުދުއްފުށީ ޔުނިޓުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ މި ޕްރޮގުރާމަކީ ޒުވާނުންނަށް ހުޅުވާލައިގެން މިމަހު 19 އަދި 20 ވަނަ ދުވަހު ކުޅުދުއްފުށީގައި އޮންނަ ޕްރޮގުރާމެއް ކަމަށެވެ. މި ޕްރޮގުރާމުގައި 18 އަހަރާއި 35 އަހަރާ ދެމެދު ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޕްރޮގުރާމުގައި ބައިވެރިވުމަށް https://bit.ly/3IZ4lxG ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ޔުނިޓުން އެދެ އެވެ.

މި ތަމްރީނު ފްރޮގުރާމުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ކަމުގެ ތަޖުރިބާކާރު ފެސިލިޓޭޓަރުން ކަމަށް އެ ޔުނިޓުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355