twitterviber whatsapp telegramfacebookyoutube instagram
11th February 2026

އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ކުދިންނަށް ރެޑް ކްރެސެންޓް އިން ކުޅުދުއްފުށީގައި ތަފާތު ޕްރޮގްރާމެއް

Mar 28, 2024

އުމުރުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން "ޔޫތު-އެޑެޕްޓް"ގެ ނަމުގައި ކުޅުދުއްފުށީގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް އިއުލާންކޮށް، ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

ޒުވާނުންނާއި ބޮޑެތިވަމުން އަންނަ އުމުރުފުރާގެ ކުދިންނަށް ހުޅުވާލެވިފައިވާ މި ޕްރޮގްރާމަކީ އެކި މަޖާ ގޭމްތަކާއި، ގްރޫޕް މަސައްކަތްތަކާއި، މުބާރާތްތައް އަދި މަޝްވަރާގެ ތެރެއިން، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ފަރުދީ ފެންވަރުގައި ޒުވާނުންނަށް، މޫސުމީ ބަދަލުތަކަށް އެޑެޕްޓްވުމަށް ކުރެވޭނެ ކަންކަން ދެނެގަތުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ދިވެހި ރެޑް ކްރެސެންޓް އިން ހާމަކުރި ގޮތުގައި މި ޕޮރޮގްރާމަކީ، ކްލާސްރޫމުގައި، މޭޒު ކައިރީގައި އިށީނދެ ތިބެގެން، ޕްރެޒެންޓޭޝަން އެއް ބަލައިގެން އެއްޗެހިތަކެއް ދަސްކޮށްދިނުމުގެ ބަދަލުގައި އެކި ގޭމްތަކާއި، ކުދި މުބާރާތްތަކާއި، ގްރޫޕް މަސައްކަތްތަކުގެ ތެރެއިން ކަންކަން ދަސްކޮށްދީ، މައުލޫމާތު ދޭން ޕްރޮގްރާމެކެވެ.

ބައިވެރިވުމަށް އެދޭ ފޯމް

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް، ކޮންމެ ރެޔަކު 21:15 އިން 23:00 އަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 9906726 ނަންބަރު ފޯނުން ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355