twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަފީފުއްދީން އަތުން ބޮޑު ތަފާތަކުން ޖަލާލުއްދީން ބަލިވެ ފައިނަލުގެ ފުރުސަތު ހަނިވެއްޖެ

މުޙައްމަދު އަހުމަދު
Mar 12, 2022

މިހާރު ކުރިއަށްދާ މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު އަފީފުއްދީން ސްކޫލް އަތުން ބޮޑު ތަފާތަކުން ޖަލާލުއްދީން ސްކޫލް ބަލިވެ ފައިނަލުގެ ފުރުސަތު ހަނިވެއްޖެ އެވެ.

މިއަދު ކުޅެވުނު ފޯރިގަދަ މެޗު 5 - 0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އަފީފުއްދީން ސްކޫލުންނެވެ. މިމުބާރާތުގައި ކޮންމެ ޓީމަކުން ކޮންމެ ޓީމަކާ ދެމެޗު ކުޅޭއިރު މިމުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ބައްދަލުކުރީ އަފީފުއްދީނާއި ޖަލާލުއްދީނެވެ. އެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ އަފީފުއްދީނުންނެވެ. އެމެޗު އަފީފުއްދީނުން ކާމިޔާބުކުރީ 9 - 1 ގެ ތަފާތަކުންނެވެ.

މިއަދުގެ މެޗުގައި އަފީފުއްދީނުން ފުރަތަމަ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފު ނިމެން 6 މިނެޓަށް ވެފައި އޮއްވަ އެވެ. މިލަނޑު ޖަހައިދިނީ އެޓީމުގެ ޖޯޒީ ނަމްބަރު 37 މުހައްމަދު ރަޒާން އެވެ. ދެވަނަ ހާފު ފަށައިގެން ދިހަވަނަ މިނެޓުގައި އަފީފުއްދީންގެ ކުޅަދާނަ ޑިފެންޑަރު ޝަފްރާހް އަހްމަދު އެޓީމަށް ލީޑު ފުޅާކޮށްދިނެވެ.

75 ވަނަ މިނެޓުގައި މުހައްމަދު އިޔާޒް 3 ވަނަ ލަނޑު އަފީފުއްދީނަށް ޖަހައިދިންއިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަފީފުއްދީނުގެ މުހައްމަދު ޒައިންއާއި މުހައްމަދު އިޔާޒްގެ ލަނޑުން ބޮޑު ލީޑެއްގައި އޮވެ މެޗު ކާމިޔާބުކުރި އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަފީފުއްދީނުގެ މުހައްމަދު ރަޒާން އެވެ.

މިމެޗުން ލިބުނު މޮޅާއެކު އަފީފުއްދީނުން ފައިނަލުގެ ޖާގައެއް މިވަނީ ޔަގީންކޮށްފަ އެވެ. މިއާއެކު މުބާރާތުގެ ފޯރި މިވަނީ އިތުރަށް ގަދަވެފަ އެވެ. ޖަލާލުއްދީނަށް ފަައިނަލުގެ ފުރުސަތު ހަނިވިއިރު އެޓީމަށް އަމިއްލަ ބާރުގައި ދެން ފައިނަލަށް ދާން އުދަނގޫވާނެ އެވެ.

ޖަލާލުއްދީން ފައިނަލަށް ދާން ބޭނުންނަމަ ދެން މެޗަކުން ބޮޑު ތަފާތަކުން އޭއީސީ ބަލިކުރަން ޖެހޭއިރު އަފީފުއްދީން އަތުން ވެސް އޭއީސީ ބަލިވެގެން ނޫނީ ޖަލާލުއްދީނަށް ދެން މުބާރާތުގައި އިތުރަށް ކުރިއަކަށް ނުދެވޭނެ އެވެ. މިމުބާރާތުގައި އިއްޔެ ޖަލާލުއްދީން އޭއީސީ އަތުން ބަލިވީ 3 - 1 ންނެވެ.

އޭއީސީ ފައިނަލަށް ދާން ބޭނުންނަމަ އަންނަ ހުކުރު ދުވަހު އަފީފުއްދީން ބަލިކޮށްގެން ފައިނަލަށް ދެވޭނެ އެވެ. އަފީފުއްދީން އަތުން ބަލިވިނަމަވެސް އެޓީމަށް އަންނަ ހޮނިހިރު ދުވަހު ޖަލާލުއްދީން ބަލިކޮށްގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355