twitterviber whatsapp telegramfacebookyoutube instagram
5th April 2026

ބީއެމްއެލް އިން ފެމިލީ ލީގަލް ކްލިނިކް އަށް 100،000 ރުފިޔާ ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Mar 12, 2022

ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އިން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް ބީއެމްއެލް އިން އެ ޖަމިއްޔާއަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ އެހީއާއެކު މިއަހަރު ތެރޭގައި 100 އަށް ވުރެ ގިނަ ފަރާތްތަަކަށް ގާގޫނީ އެހީ ހިލޭ ފޯރުކޮށްދިނުމާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮގްރާމްތަކަށް އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި އެޖަމިއްޔާއާ މި އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރއެވެ. އެ ޖަމިއްޔާގެ ފަރާތުން ހަވާލުވެވަޑައިގަތީ ކޯ ޗެއަރޕާސަން ޝަފީޢާ ރިޟާ އެވެ.

އެފްއެލްސީ އިން ކުރިޔަށްގެންދާ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް 2019 ވަނަ އަހަރުން ފެށިގެން ބީއެމްއެލް އިން ދަނީ އެހީތެރިވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355