twitterviber whatsapp telegramfacebookyoutube instagram
7th May 2024

އޭސީސީއަށް އައްޔަންކުރާ މެމްބަރުންނަށް ރުހުން ދިނުން މާދަމާއަށް އެޖެންޑާކޮށްފި

ޚަދީޖާ އާދަމް
Mar 13, 2022

ހުސްވެފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް އައްޔަން ކުރާ މެމްބަރުންނަށް މާދަމާގެ މަޖިލީހުގައި ރުހުން ދިނުމަށް އެޖެންޑާކޮށްފިއެވެ.

އޭސީސީއަށް މެމްބަރުން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ، އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އޭސީސީއަށް މެންބަރުން އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ނަންތަކެއް ފޮނުއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ. ނަންތައް ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި ނަންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރުހުން ދިނީ މިމަހު ހަތްވަނަ ދުވަހުއެވެ.

ރައީސް ފޮނުއްވި ނަންތައް

ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ޢަބްދުއްސަލާމް ޢަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.

މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355