twitterviber whatsapp telegramfacebookyoutube instagram
30th December 2025

ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ސިންގަޕޫރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Mar 15, 2022

ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސިންގަޕޫރު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާ އެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަން އެވެ.

ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަހްލާ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން ވެސް އަހައްމިއްޔަތުކަން ދޭކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގައި އިތުރަށް ގުޅުން ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ދަތުުރުފަތުރާ ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާ އިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖުކުރުމުގައި އެހީތެރިކަން ލިބޭނެ އެވެ. އަދި މަތިންދާ ބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި، ވައިގެ ދަތުުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުމުގައި ވެސް އެހީތެރިކަން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355