twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ އާ ބަނދަރު ބޭނުން ނުކުރެވޭނެކަމަށް ގަބޫލެއް ނުކުރަން: މިނިސްޓަރު އަސްލަމް

ޚަދީޖާ އާދަމް
Mar 16, 2022
2

ކުޅުދުއްފުށީ އަލަށް ހަދާފައިވާ ބަނދަރުގައި ހުރި ފިންގާ ޕިއާޒްތައް ކުރުވެ ބޭނުން ނުކުރެވުނުކަމަށް ވިއަސް ބަނދަރު ބޭނުން ނުކުރެވޭކަމަށް ގަބޫލްނުކުރައްވާކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ކުރެއްވި ސުވާލަކަށް ޖަބާވު ދެއްވަމުންނެވެ.

ޔާސިރުވަނީ ބަނދަރު ނިމިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރައްވާ ރައްޔިތުންނަށް ބަނދަރު ބޭނުން ކުރެވޭނެ މުއްދަތެއް އެނގިލައްވާތޯ ސުވާލުކުރައްވާފައެވެ. އަދި ފިންގާ ޕިއާޒްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރައްވަން ގަސްތުކުރައްވާ ގޮތަކީ ކޮބާތޯވެސް ސުވާލުކުރެއްވި އެވެ.

"ބަނދަރުގެ ހާރބަ ބޭސިންގައި ހުރި ފިންގާ ޕިއާޒްތަކެއް ކުރުވެގެން އެވާހަގަ ދެކެވި، އެމްޓީސީސީއަށް މިހާރު އެދިފައިވާނީ އެކްސްޓެންޑްކުރަން އެއްބަސްވެފައި އޮންނާނީ، ލެންތް އެކްސްޓެންޑް ކުރީމަ އެބައި ބޭނުން ކުރެވޭނެ. އެހެންނަމަވެސް ބަނދަރު ބޭނުން ކުރެވޭނެ. ބަނދަރުގެ އެ ޕިއާޒްތައް އެންމެ ފުރިހަމަގޮތުގައި ބޭނުން ނުކުރެވޭނެކަން އަޅުގަނޑުވެސް ގަބޫލްކުރަން. އެއްގޮތަކަށްވެސް ބަނދަރު ބޭނުން ނުކުރެވޭނެކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން" ޔާސިރުގެ ސުވާލަށް ޖަވާބުދެއްވަމުން ޔާސިރު ވިދާޅުވިއެވެ.

ޕިއާޒްތަކުގެ މައްސަލަ ހައްލުކުރާނެ ގޮތް ނިންމާފައިވާކަމަށާއި، އަގެއް ލިބުނީ އެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އާ ބަނދަރު ހަދައި ނިމުނުއިރު ގިނަ މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ. 126 މިލިއަން ރުފިޔާގެ މިމަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ބަނދަރު ނިންމާލިއިރު މި މަޝްރޫއަށް ވަނީ 137.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. ނަމަވެސް ގިނަ މައްސަލަތަކެއް ހުރުމުން މިހާތަނަށްވެސް ކައުންސިލުން ބަނދަރާ ހަވާލުވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355