twitterviber whatsapp telegramfacebookyoutube instagram
19th May 2026

ހުރިހާ ރަށެއްގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށަނީ

ޚަދީޖާ އާދަމް
Mar 16, 2022

ރާއްޖޭގެ ހުރިހާ ރަށަކުން ލެބޯޓްރީގެ ހިދުމަތް ލިބޭނެގޮތް އިންތިޒާމްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމްގެ ކަންކަން ކުރިއަރުވައި ތަރައްގީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވަކި ތަރުތީބަކުންކަމަށެވެ.

މިގޮތުން ކުރިއަށްދާ އެންމެ މުހިންމު އެއް މަޝްރޫޢެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ތަހްލީލްކުރެވޭނެ ނުވަތަ ލެބޯޓްރީގެ ހިދުމަތް ލިބޭނެ އިންތިޒާމް ފަހިކުރުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިއުމެވެ.

ރާއްޖޭގެ ހުރިހާ ސަރަހަރައްދަކަށް ލެބޯޓްރީގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިވަގުތު އަތޮޅުތަކުގައި 90އަށް ވުރެ ގިނަ ލެބޯޓްރީން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355