twitterviber whatsapp telegramfacebookyoutube instagram
19th February 2026

އެމެރިކާއިން ރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރު ދޭން ނިންމައިފި

Mar 16, 2022

އެމެރިކާ އިން ރާއްޖެއަށް އެހީ ދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިތުރު ތިން މިލިއަން ޑޮލަރު ނުވަތަ 46.3 މިލިއަން ރުފިޔާ ދިނުމަށް ނިންމައިފި އެވެ.

ރާއްޖެއަށް އެހީގެ ގޮތުގައި އިތުރަށް ދޭން ނިންމި 3.2 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި ތިން މިލިއަން ޑޮލަރު ހަރަދުކުރަން ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ރޮނގުން ރާއްޖެއަށް އެހީވުމަށެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެމެރިކާ އިން ދޭ އެހީގެ ކަންކަން ބަލަހައްޓާ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ޔޫއެސްއެއިޑުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މިޝަން ޑިރެކްޓަރު ރީޑް އެލްޒިމަން އެވެ.

އެމެރިކާ އިން އިން ފަހުން ދޭން ނިންމި ތިން މިލިއަން ޑޮލަރާ އެކު ދެ ގައުމުގެ ދެމެދުގައި މާޗް 12، 2019ގައި އެހީ ދިނުމަށް ސޮއި ކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޫކުރާ އެހީގެ ޖުމްލަ 25 މިލިއަން ޑޮލަރު ނުވަތަ 386.3 މިލިއަން ރުފިޔާ އަށް އިތުރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355