ދިވެހިރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓާއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުންނާއި ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ފަތުރުވެރިކަމަށް އަމާޒުކުރެވިގެން ބޭއްވި ޓޫރިޒަމް ފެއަރ "އައުޓް ބައުންޑް ޓްރެވަލް މާކެޓް" (އޯޓީއެމް) ނިންމާލައިފި އެވެ.
މިއީ ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާ އި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެ ހެން ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން އިންޑިއާގެ މުމްބާއިގައި ބޭއްވި އިވެންޓެކެވެ.
މާރިޗު 14 ން 16 އަށް މުމްބާއިގައި ކުރިއަށްދިޔަ ޓޫރިޒަމް ފެއަރ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ . އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ބައިވެރިވިއެވެ.
އިންޑިއާގެ އިންވެސްޓަރުންނާއި އެއަރ ލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވި ޓީގެ ފުރުސަތުތަކު ގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ހިއްސާކުރެވި ފަ ތުރުވެރިކަމުގެ މުޢާމަލާތްތައް ކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. އަދި އިވެންޓުގައި ފަތުރުވެރިކަމުގެ ރަންއަހަރުގެ ތީމް ސޯންގް "ނަލަ ނަލަ ރާއްޖެ" އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކި އެކި ހަރާކާތްތަކުގެ ތެރެއިން ފޭސްބުކްއާއި އިންސްޓެގްރާމްގަ ވީޑިއޯ ޗެލެންޖެއް
ކުރިއަށް ގެންދިއުމަށް އިއުލާންކުރެވުނެވެ.
މިއިވެންޓުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދު الله މައުސޫމްގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒްއާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަލްފާސިލް ތޮއްޔިބް މުހައްމަދުއާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސް ޓަރ އަލްފާސިލް އަހްމަދު އާތިފްއާއި އިންޑަސްޓްރީގެ އިސްބޭފުޅުން ވާހަކަފުޅު
ދެއްކެވިއެވެ.
މިއިވެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ޑެލިގޭޝަން ގައި ސިވިލް އެވިއޭޝަން އޮތޯރިޓީއާއި ރީޖަނަލް އެއަރޕޯޓާއި ދިވެހިރާއްޖޭގައި އޮޕަރޭޓްކުރަމުންދާ 04 އެއަރލައިން ކަމަށްވާ މޯލްޑިވިއަން ، ފްލައި މީ، މަންތާ އެއަރ އަދި ޓްރާންސް މޯލްޑިވިއަން އެއަރވޭސް "ޓީ.އެމް.އޭ" ހިމެނެއެވެ. އަދި ފަތުރުވެރިކަމާ ގުޅުންހުރި ޖަމްއީއްޔާ ތަކުގެ ތެރެއިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން "މަޓީ" އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އެ ސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް "މަޓާޓޯ" ވެސް ބައިވެރިވިއެވެ. 2021 ވަނަ އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން % 22 އަކީ އިންޑިއާގެ ފަތުރުވެރިންނެވެ. އަދި މިއަހަރު މިހާ ތަނަށް އައި ފަތުރުވެރިންނަށް ބަލާއިރު އިންޑިއާގެ ހިއްސާ އަކީ % 10 އެވެ. އިންޑިއާ މާކެޓަކީ ރާއްޖެއަށް ވަރަށް ފުރުސަތު ފުޅާ މަކެޓެކެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން މަސައްކަތް ކުރަމުންދަނީ ކައިރި މުސްތަޤް ބަލެއްގައި އިންޑިއާގެ ބައެއް ސަރަހައްދު ތަކުން ، އުތުރުގެ ބައިނަލްއަޤްވާމީ އެއަރޕޯޓްތަކަށް ޕްލައިޓްތައް ފެށުމަށެވެ.