twitterviber whatsapp telegramfacebookyoutube instagram
9th July 2026

ރޯދައަށް ފިޔާ، ބިސް، އަލުވީގެ އަގު ބޮޑެއް ނުވާނެ

ޚަދީޖާ އާދަމް
Mar 19, 2022

ކުރިއަށް އޮތް ރޯދަ މަހު ފިޔާ، ބިސް އަދި އަލުވީގެ އަގު ބޮޑު ނުކޮށް އެއް ހަމައެއްގައި ހިފެހެއްޓޭނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވެއްޖެ އެވެ.

އޮންލައިން ނޫސް "ދައުރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ ރޯދައާ ދިމާކޮށް އެސްޓީއޯއިން ގެންނަ ފިޔާ، ބިސް އަދި އަލުވި ފަދަ ތަކެތި މަހެއްހާ ދުވަސް ކުރިން ދުރާލާ ގެންނަން ފަށާފައިވާ ކަމަށާއި އެ ބާވަތްތަކުގެ ތިން ޝިޕްމަންޓް މި ހަފްތާގެ ތެރޭގައި ރާއްޖެ ގެެނެސްފައިވާކަމަށެވެ.

އަމްރު ވިދާޅުވީ ރޯދަމަސް ތެރޭ އަގު ހިފެހެއްޓޭ ވަރަށް އެތަކެތީގެ ސްޓޮކް ގެނެސްފައިވާ ކަމަށެވެ. ރޯދައާ ފިޔާ، ބިސް އަދި އަލުވީގެ އަގު ބާޒާރުގައި އާންމު ގޮތެއްގައި ރޯދަ މަހު ވަރަށް ބޮޑަށް މައްޗަށް ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355