twitterviber whatsapp telegramfacebookyoutube instagram
14th June 2026

61 ރަށެއްގައި އަޅާ ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އަންނަ މަހު ފަށަނީ

ޚަދީޖާ އާދަމް
Mar 21, 2022

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް އަޅާ ޕްރޮޖެކްޓްގެ މަސައްކަތް އަންނަ މަހު ފަށަން މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގައި ފެށިތާ ގިނަ އަހަރުތަކެއް ވެގެން ދިޔަ އިރު 111 ރަށެއްގައި ފުލުހުން ތިބޭ އިރު ވެސް ފުލުހުންގެ އަމިއްލަ ހުރީ އެންމެ 17 ސްޓޭޝަން ކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތުން އިމްރާން ވިދާޅުވީ މުޅި ޕްރޮޖެކްްޓްގެ މަސައްކަތް މި އަހަރު ނިމެންވާ އިރަށް އެއްކޮށް ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އަދި އަންނަ އަހަރު ނިމެންވާ އިރު 80 ޕަސެންޓަށް ވުރެ ބޮޑު ބައި ނިމޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޕޮލިސް ސްޓޭޝަންތައް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސްއާ އެވެ. އެ ޕްރޮޖެކްޓް ހަވާލުކުރީ 48 މިލިއަން ޑޮލަރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355