twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން އިތުރަށް ބޮޑުކުުރުމަށް ވަނީ ރޭވިފަ

ޚަދީޖާ އާދަމް
Mar 21, 2022
1

ކުޅުދުއްފުށީގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް ރީޖަނަލް ހެޑް ކުއާޓާގެ އިތުރަށް ބޮޑު ކުރުމުގެ މަސައްކަތް ރޭވިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުޅުދުއްފުށީ އިތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޔާސިރުވަނީ ކުޅުދުއްފުށީ ޕޮލިސްޓޭޝަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލުކުރުމަށް ރޭވިފައިވާ ގޮތަކީ ކޮބާތޯ ސުވާލުކުރައްވާފައެވެ. އަދި ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުމާއި ގުޅުގެން ސިޓީ ޕޮލިސް އުފެއްދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭ ގޮތުންވެސް މެންބަރު ސުވާލުކުރެއްވި އެވެ.

"އުތުރުގެ ހަމަ ވަރަށް މުހިއްމު ރަށެއްގެ ގޮތުގައި އަދި ސިޓީއެއްގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅިފައިވާއިރު، ކުޅުދުއްފުށީގައި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން މިހާރު މި ފެށިފައިވާ ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށީގެ ރީޖަނަލް ހެޑް ކުއާޓާރ އިތުރަށް އެކްސްޕޭންޑް މަސައްކަތް ރޭވިފައި އެބައޮތް" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް ފުލުހުން ތަމްރީނުކޮށް މި ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށެވެ.

އެގޮތުން މިހާރު ފަށާފައިވާ ޕްރޮޖެކްޓް ނިމިގެންދާއިރު މިހާރު ދިމާވާ ދަތިތަކަށް ހައްލެ ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355