twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ހަލުވި ސްޕީޑްތަކާއެކު ނިލަަންދޫއަށް އުރީދޫ ސުޕަނެޓް ތައާރަފުކޮށްފި

Mar 24, 2022

100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދޫ މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނީގެ ތަސައްވަރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫން މަސައްކަތްކުރަމުންދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަަކަށްވެސް ފެންވަަަރު ރަނގަޅު އިންޓަަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން މިއަދު އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފ. ނިލަަންދޫއަށް ތައާރަފުކުރިއިރު ސުޕަނެޓްގެ ހިދުމަތާއެކު ނިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

" ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ހިދުމަތް އެކުލެވޭ މި ޕެކޭޖްތަކަކީ މާކެޓްގައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްދިނުމުގައި އަަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަަރުވަން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު %100 އާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވަރގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެކަމަށް އުރީދޫ މައުލޫމާތުދެ އެވެ.

ނިލަަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ އެވެ. މި ހިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކޮށްގެން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355